މިދެމީހުނަށް ހަމަލާދީފައިވަނީ ސަލަޓަން ޕާކް ކައިރިން ގުރޫޕު ހަދައިގެން ދިޔަ ބަޔެއް ކަމަށާއި މި މައްސަލަ މިހާރު ދަނީ އިތުރަށް ތަޙްޤީގު ކުރަމުންކަމުގައި ޝިޔާމް ވިދާޅުވިއެވެ. އެ ދެ މީހުނަށްވެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި މިހާރުދަނީ ފަރުވާ ދެމުންނެވެ.
މީގެ އިތުރުން ނ.ވެލިދޫގައި މިދިޔަ ބުރާސްފަތިދުވަހުގެ ރެއާއި ހުކުރުދުވަހު ބަޔަކު ތޫނުހަތިޔާރު ހިފައިގެން ނުކުމެ ބައެއް މީހުންނަށް ބިރުދައްކާފައިވާކަމަށް އެރަށުގެ ބަޔަކުވަނީ މައުލޫމާތު ދިފައެވެ. އަދި ފުލުހުން ވަނީ ތޫނު ހަތިޔާރުން އާއްމު މީހުންނަށް ބިރުދައްކަމުންދިޔަ ބަޔަކު ވެލިދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ކަށަވަރު ކޮށްދީފައެވެ.
No comments:
Post a Comment