-އިސްލާމް މާއްދާ އިން ފާސް ނިސްބަތް 1.5 ޕަސެންޓް ދަށްވެފައި
-އޯލެވެލް ޓޮޕް ޓެންގައި 330 ދަރިވަރުން
-އޯލެވެލް ޓޮޕް ޓެންގައި 330 ދަރިވަރުން
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ 197 ދަރިވަރަކު ތަފާތު މާއްދާތަކުން ސައްތައިން ސައްތަ ހޯދައިގެން ދުނިޔޭގެ އެއްވަނަ ހޯދައިފި އެވެ.
އިނގިރޭސިވަލާތުގެ ކެމްބްރިޖް އޯ ލެވެލް އިމްތިހާނުގައި ބައިވެރިވި ކުދިން ތަކުގެތެރެއިން ސައްތައިން ސައްތަ ހޯދައިފައިވަނީ 37 ސްކޫލެއްގެ ދަރިވަރުންނެވެ. އެއީ މާލޭގެ ފަސް ސްކޫލަކާއި އަތޮޅުތަކުގެ 32 ސްކޫލެކެވެ. މާލޭގެ ސްކޫލްތަކުން 129 ދަރިވަރުން އެ ނަތީޖާ ހޯދައިފައިވާއިރު އަތޮޅުތަކުން ދުނިޔޭގެ އެއްވަނަ ހޯދި ދަރިވަރުންގެ އަދަދު 68 ށް އަރަ އެވެ.
އަތޮޅުތަކުގެ ތެރެއިން ދުނިޔޭގެ އެއް ވަނަ އެންމެ ގިނައިން ހޯދައިފައިވަނީ އައްޑު އަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންނެވެ. އެ އަތޮޅުގެ 15 ދަރިވަރަކު ވަނީ 29 މާއްދާއިން ސައްތައިން ސައްތަ ހޯދައިފަ އެވެ. ސަތޭކަ ޕަސަންޓު ހޯދި 14 ދަރިވަރުންނާއެކު ފުވައްމުލައް ދެވަނައިގައި އޮތްއިރު ތިން ވަނަ އަށް އެންމެ ގިނަ ދަރިވަރުން 100 ޕަސަންޓު ހޯދައިފައިވަނީ ބ. އަތޮޅުންނެވެ.
ޑރ. ނަޒީރު ވިދާޅުވީ، ދުނިޔޭގެ ވަނަތައް ހޯދި ދަރިވަރުންގެ އިތުރަށް 2010 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުން ހޯދާފައިވާ ނަތީޖާ ޖުމްލަ ގޮތެއްގައި ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި ރާއްޖޭގެ 180 ސެންޓަރަކުން 6920 ދަރިވަރުން ބައިވެރިވިއިރު އޭގެ ތެރެއިން ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތް 35 ޕަސަންޓަށް އަރައިފަ ކަމަށް ވެސް ވިދާޅުވި އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލައިރު ތިން ޕަސަންޓުގެ ކުރިއެރުމެކެވެ.
މީގެ އިތުރުން އަދި ޔޫ ގްރޭޑް ހޯދާ ދަރިވަރުންގެ އަދަދުވެސް ވަނީ 2009 ވަނަ އަހަރަށްވުރެ ހަތަރު ޕަސަންޓު ދަށްކުރެވިފައި ކަމަށް ވެސް ޑރ. ނަޒީރު ވިދާޅުވި އެވެ.
"ޔޫ ގްރޭޑްއަކީ ހަގީގަތުގައި މިނިސްޓްރީން އުފުލަން ޖެހޭ ވަރަށް ބޮޑު ޚަރަދެއް. 2009 ވަނަ އަހަރު 19 ޕަސަންޓް ޔޫ.ގްރޭޑް ހޯދި. އެކަމަކު މިފަހަރު ޔޫ ގްރޭޑް ހޯދި ނިސްބަތް އޮތީ 16 ޕަސަންޓަށް ދަށްކުރެވިފައި،" ޑރ.ނަޒީރު ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، 2009 ވަނަ އަހަރާ އަޅާބަލާއިރު 2010 ވަނަ އަހަރު 100 ސްކޫލަކުން ވަނީ ނަތީޖާ ރަނގަޅުކޮށްފަ އެވެ. އެއީ ޓީޗަރުންގެ ފެންވަރު މަތިކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި، ސްކޫލް ބޯޑުތައް އައްޔަންކޮށް، ސްކޫލްގެ ހިންގުން ހަރުދަނާ ކުރުމުގެ އިތުރަށް އުނގަންނައިދިނުމުގެ ހުނަރުތައް ޓީޗަރުންނަށާއި އަދި ޕްރިންސިޕަލުންނަށް ދަސްކޮށްދިނުމަށް މިނިސްޓްރީން ކޮށްފައިވާ ބުރަ މަސައްކަތުގެ ސަބަބުން ނިކުތް ނަތީޖާއެއް ކަމަށް ވެސް ބުންޏެވެ.
ޑރ. ނަޒީރު ވިދާޅުވާ ގޮތުގައި، ދިވެހި އިސްލާމުން ފާސްވާ ކުދިންގެ ނިސްބަތް ފާއިތުވި ފަސް އަހަރުތެރޭދަށްވަމުންދާ ކަމަށާއި މިދިޔަ އަހަރު ދިވެހިން ފާސްވި ކުދިންގެ ނިސްބަތް 2009 ވަނަ އަހަރާ އަޅާބަލާއިރު 14 ޕަސަންޓު ވަނީ އިތުރުވެފަ އެވެ. ނަމަވެސް، މިދިޔަ އަހަރު އިސްލާމް ޓެސްޓް ހެދި ދަރިވަރުންގެ 50 އިންސައްތަ ވެސް އެ މާއްދާއިން ފާސްވެފައިނުވާއިރު، ނިސްބަތުން 1.5 ޕަސަންޓުގެ ދަށްވުމެއް ވަނީ އައިސްފަ އެވެ.
"އިސްލާމުން ފާސްވި ނިސްބަތް އުޅެނީ 47.1 ގައި. މީގެން ގާތްގަނޑަކަށް 1.5 ޕަސަންޓު މަދުކުރީމަ މިދިޔަ އަހަރުގެ ނިސްބަތް އެނގޭނެ،" ޑރ.ނަޒީރު ވިދާޅުވި އެވެ.
އިސްލާމް ދިވެހިން ދަރިވަރުން ދަށްވާ މައިގަނޑު ސަބަބެއް ކަމަށް ޑރ. ނަޒީރު ވިދާޅުވަނީ، އެ މާއްދާތަކުން ފެންވަރު ރަނގަޅު ޓީޗަރުން ނުލިބުމެވެ. "އަދިވެސް ވަރަށް ގިނަ ރަށްރަށުގައި ޓްރެއިންކޮށްފައި ތިބި ޓީޗަރުން ނެތް އިސްލާމް ދިވެއްސަށް. ޑިގްރީ ހައްދަވައިފަ ނުކުންނަވައިފަ ގިނަ ބޭފުޅުން މާލޭގެ ބޮޑެތި ސެންޓަރުތަކުގައި މި ތިއްބަވަނީ. އެކަމަކު އަޅުގަނޑުމެންގެ 216 ސްކޫލް މިހުންނަނީ ހުރިހާ ރަށަކަށް ބެހިފައި،" ޑރ.ނަޒީރު ވިދާޅުވި އެވެ. އަދި ބޭރުގެ އިމްތިހާނުތަކަށް ލިބޭ ވަރަށް އެކި ރިސޯސަސް ނުވަތަ މައުލޫމާތު ދިވެހި އިސްލާމްގެ މާއްދާތަކުން ފަސޭހައިން ލިބެން ނެތުމަކީވެސް ނަތީޖާ ދަށްވުމުގެ ސަބަބެއް ކަމަށް ޑރ.ނަޒީރު ވިދާޅުވި އެވެ.
އެޑިއުކޭޝަނުން ބުނި ގޮތުގައި، ވަގުތީ ނަތީޖާއަށް ބަލާއިރު 2010 ގެ ރާއްޖޭގެ އޯލެވެލް ޓޮޕް ޓެން އަށް އަރާ ދަރިވަރުންގެ އަދަދު އުޅެނީ 330 ގަ އެވެ. ނަމަވެސް 2009 ވަނަ އަހަރު އެ އަދަދު އުޅުނީ 340 އަށް ވުރެ މަތީގަ އެވެ.

No comments:
Post a Comment