ލޯކަލް ކައުންސިލް އިންތިޙާބު ކައިރިވަމުންދާ ވަރަކަށް އެމްޑީޕީ ދަނީ ނޭވާ ހޮޅިއަށް އެޅެމުންކަމަށާއި މިއަދު ފެންނަމުން އެ ދަނީ އެމްޑިޕީގެ ހަގީގީކުލަވަރު ކަމުގައި ޑީއާރުޕީގެ ކައުންސިލް މެންބަރު އަދި ރައްޔިތުންމަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ޑީއާރްޕީ އޮފީހުގައި އިއްޔެ ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރޮޒައިނާ ވިދާޅުވީ ކައުންސިލް އިންތިޙާބު ކާމިޔާބު ކުރުމަށްޓަކައި ޑީއާރްޕީން ކުރަމުންދާ ކެމްޕެއިނަށް އެމްޑިޕީން ހުރަސް އަޅަަމުން ގެންދާކަމަށެވެ. އަދި ޑީއާރްޕީގެ ކެމްޕެއިންތަކުގައި ދިމާވާ އެކި އެކި ހަމަނުޖެހުން ތަކުގެ އަސްލަކީ އެމްޑީޕީ ކަމަށް ރޮޒައިނާ ވަނީ ތުހުމަތު ކުރައްވާފައެވެ.
” އިންތިޙާބުގެ ދުވަސްކޮޅު އެންމެފަހު ވަގުތަށް އައިސްފައިވާއިރު އަޅުގަނޑުމެނަށް ފެނިގެންމިދަނީ އެހެންކަހަލަ މަންޒަރުތަކެއް. އަޅުގަނޑު ދަންނަވާނީ ހަމަ އެމްޑީޕީ ގެ ހަގީގީ ކުލަވަރު މިހާރު ފެންނަމުން މިދަނީއޭ. އެއީ މާރާމާރީ ހިންގުމާއި ތަންތަން ތަޅާ ސުންނާފަތި ކުރުމާއި ޖަލްސާތައް ބާއްވާއިރު ތަންތަނުން ކަރަންޓް ކަނޑާލުމާއި މިއީ ކުރީގައިވެސް އެމްޑީޕީގެ މަޝްހޫރު ކަންތައްތައް”. ރޮޒައިނާ ވިދާޅުވިއެވެ. އަދި އެގޮތަށް އެމްޑީޕީން ޑީއާރްޕީގެ ކެމްޕޭނަށް ހުރަސް އަޅަމުން ގެންދަނީ ޑިއާރްޕީއަށް ކުރިއަށް ވުރެ ބޮޑު ތާޢީދެއް މިއަދު ލިބެމުންދާތީ ކަމުގައި ރޮޒައިނާ ވިދާޅުވިއެވެ.
“މިހާރު އަނެއްކާވެސް ނޭވާ ހޮޅިއަށް އެޅޭ ހިސާބަށް ދިޔައީމަ. އެބޭފުޅުނަށް ރަށް ރަށަށް ގޮސް އެބޭފުޅުންނަށް އޮތް ތާއީދާއި ޑިއާރްޕީއަށް އޮތް ތާއީދު ފެނުނީމާ ދެން ކުރާނެ ނުކުރާނެ ކަމައެއް ނޭންގިގެން ހިންގާ ކަންތައްތަކޭ އަޅުގަނޑު ދަންނަވާނީ”. ރޮޒައިނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑީއާރުޕީ ކެމްޕެއިނަށް ހުރަސް އެޅުމަށްޓައި ކޮށްފައިވާ ބައެއް ކަންތައްތަކުގެ ގޮތުގައި ރޮޒައިނާ ވަނީ ބައެއްކަންތައް ފާހަގަ ކުރައްވާފައެވެ. މި ގޮތުން މާލޭ ސިޓީ ކައުނސިލަށް ކުރިމަތިލައްވާފައިވާ އަޙްމަދު ނިމާލުގެ ކެމްޕޭނު ޖަގަހައިގެ ލޯގަނޑުތައް ބަޔަކު ދެފަހަރެއްގެ މަތިން ތަޅާލާފައިވާކަން ރޮޒައިނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ސިވިލް ސާރވިސްގެ މުވައްޒަފުނަށް މިސަރުކާރުން ބިރުދައްކަމުންދާ ކަމަށާއި އެމްޑީޕީގެ ފަރާތުން ކައުންސިލަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންގެ އެދުމުގެ މައްޗަށް ސިވިލް ސާރވިސްގެ މުވައްޒަފުން އެކި ތަންތަނަށް ބަދަލު ކުރަމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
އަދި ސިވިލް ސާރވިސް ގެ މުވައްޒަފުން އެއްތަނުން އަނެއްތަނަށް ބަދަލު ކުރުމާއި ވަޒީފާއިން ކަޑާލުމާއި މި ކަންތަށް ތަކަކީ ކުރިން ސުރެވެސް އެމްޑިޕީ ކުރަމުން އަންނަ ކަންތައްތަށް ކަމަށާއި ކެމްޕޭން ދުވަސްވަރު މިކަންތައް މިހެން ހިންގާތީ ވަރަށް ބޮޑަށް ކަންބޮޑުވެލައްވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
މިގެ އިތުރުން ރޮޒައިނާ ވަނީ މިކަންތައް ސިވިލްސާރވިސް ކޮމިޝަނުން ބެއްލެވުމުމަށްގޮވާލައްވާ ކަމަށާއި ނޫންނަމަ މި ކަމުގެ ސަބަބުން އިންތިޙާބަށް ނުފޫޒު ފޯރަފާނެ ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
އަދި ހަޤީގަތަކީ މިއަދު ބޮޑު ތާޢީދެއް އޮތީ ޑީއާރްޕީއަށް ކަމަށާއި އެހެން ކަމުން މި އިންތިޙާބު ބޮޑު އަޤްލަބިއްޔަތަކުން އެ ޕާޓީ ކާމިޔާބު ކުރާނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމުގައި ޑިއާރްޕީން ބުނަމުންދާ ވާހަކަ ރޮޒައިނާ ވަނީ ތަކުރާރު ކުރައްވާފައެވެ. އަދި މިކަން ވޯޓުން ފެނިގެންދާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
އަދި ލޯކަލް ކައުންސިލް އިންތިޙާބު އައުމަށް ދެތިން ދުވަހަށް ވެފައިވާއިރު ޑީއާރްޕިގެ ކެމްޕޭން ހަރަކާތްތައް އަދިވެސް އޮތީ ކުރިއަށް ކަމަށާއި މި ގޮތުން އައްޑު އަތޮޅާއި ހިންނަވަރާއި އަދި ތޮއްޑޫއަށް ދަތުރުތައް ރޭވިފައިވާ ކަން ރޮޒައިނާވަނީ ފާހަގަ ކުރައްވާފައެވެ.
No comments:
Post a Comment