ތ. ދިޔަމިގިލި މަދަރުސާ
ތަޢާރަފް
25 ޖޫން 1980 ގައި ދިޔަމިގިލީ މަދަރުސާގެ ނަމުގައި ރަޖިސްޓްރީކުރެވިގެން ހިންގަން ފެށުނު މަދަރުސާ އެއިރު ހިނގަމުން އައީ ދިޔަމިގިލީ މަކުތަބުގެ ނަމުގައެވެ. ކުރިން ކިޔަވައިދެމުން ދިޔަ ދިޔަމިގިލީ މަކުތަބަކީ ވަރަށް ކުޑަތަނަކަށް ވުމާއެކު މިހާރު މިމަދަރުސާ ހިންގަމުންދާ އިމާރާތަށް ކިޔެވުން ބަދަލުކުރެވުނެވެ. މިއިމާރާތަކީ ފޯރުތު މޯލްޑިވުސްގެ ހިލޭއެހީގެދަށުން ދިޔަމިގިލީ ރައްޔިތުން އިމާރާތްކުރި މަދަރުސާއެކެވެ. 03 ޖެނުއަރީ 1991 މިއިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ އެއިރުގެ ތ.އަތޮޅު އަތޮޅުވެރިޔާ އަލްފާޟިލް އިބްރާހީމް މަނިކު ދޮންމަނިކުއެވެ. ދިޔަމިގިލީ މަކުތަބުގެ ކިޔެވުން ދިޔަމިގިލީ މަދަރުސާގެ ނަމުގައި ހިންގަންފެށުނީ މިހާރު ސްކޫލް ހިންގަމުންދާ އިމާރާތަށް ކިޔެވުން ބަދަލުކުރެވުނު ފަހުންނެވެ. މިމަދަރުސާ ހުޅުއްވައިދެއްވީ 24 ފެބްރުއަރީ 1992 ގައި އެއިރުގެ އެޓޯލުސް މިނިސްޓަރ އަލްފާޟިލް އިލްޔާސް އިބްރާހީމްއެވެ. މަކުތަބުގެ ކިޔެވުން މިމަދަރުސާއަށް ބަދަލުކުރެވުނުއިރު ކިޔަވައިދެއްވަނީ އެންމެ ވަގުތީ މުދައްރިސެއް ނަމަވެސް މިހާރު މިމަދަރުސާއަކީ 21 ޓީޗަރުން ކިޔަވައިދެއްވުމުގައި ޙަރަކާތްތެރިވާ، އޯލެވެލް ފެންވަރަށް ކިޔަވައިދޭ ސްކޫލެކެވެ. މިހާރު މިސްކޫލްގައި ޖުމްލަ 29 މުވައްޒަފުން މަސައްކަތްކުރެއެވެ. އޭގެތެރޭގައި ދިވެހި 12 ޓީޗަރުންނާއި، ބިދޭސީ 9 ޓީޗަރުން ކިޔަވައި ދިނުމުގައި ޙަރަކާތްތެރިވެއެވެ. މިހާރު މިސްކޫލްގައި 129 ދަރިވަރުން ތަޢުލީމު ޙާޞިލުކުރަމުން ދެއެވެ. އެއީ 71 ފިރިހެން ކުދިންނާއި 58 އަންހެން ކުދިންނެވެ. ރައްޔިތުން ހިންގާ އާންމު ސްކޫލުތައް ސަރުކާރު ސުކޫލުތަކަށް ބަދަލުކުރުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލުމާ 2005ވަނަ އަހަރު މިސްކޫލްވަނީ ސަރުކާރު ސްކޫލަކަށް ބަދަލުކުރެވިފައެވެ. މިސްކޫލްގައި ޘާނަވީ ފެންވަރަށް އަދި ކިޔަވައިދޭން ފެށުނީ 2005 ވަނައަހަރުއެވެ. އަދި ފުރަތަމަ ފަހަރަށް SSC އިމްތިޙާނާއި ކޭމްބްރިޖް އޯލެވެލް IGCSE އަދި GCE އިމްތިޙާން މިސްކޫލްގެ ދަރިވަރުން ހެދީ 2007 ވަނަ އަހަރުއެވެ. މިހާރު މިސްކޫލްވަނީ އަމިއްލަގޮތުން މިއިމްތިޙާނުތައް ހަދަން ބޭނުންވާ ފަރާތްތަކަށް ވެސް އިމްތިޙާނު ހެދޭގޮތަށް ޕްރައިވެޓް ސެންޓަރެއްގެ ގޮތުގައިވެސް ގުޅިގެން ރަޖިސްޓްރީ ކޮށްފައެވެ.
މަދަރުސާގެ ތަޞައްވުރު
ދިޔަމިގިލީ މަދަރުސާގެ ދަރިވަރުންނަކީ އިސްލާމީ ހަމަތަކާއި އުސޫލުތަކަށް ތަބާވާ ދަރިވަރުންތަކެއް އުގެނޭ ސްކޫލެއް ކަމުގައިވެ، އުގެނުމާއި އުގަންނައި ދިނުމުގައި ހުނަރާއި އުފެއްދުން ތެރިކަން އެންމެ ފުރިހަމަކޮށް ލިއްބައިދޭ ހިތްފަސޭހަ މާހައުލެއް ބިނާކުރުމުގައި ނަމޫނާ ސްކޫލެއް ކަމުގައި ވުން.
މަދަރުސާގެ ލަނޑުދަނޑި
ދިޔަމިގިލީ މަދަރުސާގެ ލަނޑުދަނޑިއަކީ ދަރިވަރުންގެ ކުރިއެރުމާއި ހުނަރު އިތުރު ކުރުމަށްޓަކައި ދުޅަހެޔޮ ވެއްޓެއް ޤާއިމުކުރުމާއި ލިބެންހުރި އެންމެ ޒަމާނީ ވަޞީލަތްތަކުގެ އެހީގައި ދަރިވަރުންނަކީ ޢިލްމު އުގެނޭހިތްވާ ޒަމާނީ އަދި އިސްލާމީ ރިވެތި އުޞޫލުތަކުގެ މަތީގައި ދެމިތިބޭ ކުދިންނަށް ހެދުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ގަދައަޅާ މަސައްކަތް ކުރުން.

Introduction
Our Vision
The seed of the school has laid about 45 years back. But officially it was registered with the government on 25th of June 1980. At that time it was called Makthab. At that time only one teacher was working in the school. The school was run in a building owned by the island office. Later the people of the island have decided to have a separate school building and they started building a new building with the donations of Foruth Maldives. The foundation stone was laid on 3rd January 1991. The then Atoll Chief Mr. Ibrahim Manik Dhon Manik laid the foundation stone. The building was completed and inaugurated on 24th February 1992 by the then Atolls Minister Mr. Ilyas Ibrahim. It was run as board school until 2005. In 2005 the government has under taken it and in the same year grade 8 was started. There are 129 children receiving education from the school. 12 Maldivians and 9 expatriates are serving the purpose of education in the school. The first ‘o’ level batch has appeared for the exam in 2007. The school is now a private centre also since 2009.
Our Vision
To be a model school by training the children to be model citizens by emphasizing the principle of Islam
Our Mission
By using the latest technology improving the intelligence levels of the children and working hard to inculcate religious, scientific and social good habits
* THAA DHIYAMIGILI SCHOOL MUVAHZAFUNE MAULOOMAATHU