އައްޑޫ ރައްޔިތުން ބޭނުންވަނީ ސިޓީ ކައުންސިލެއް ކަމަށް ބުނެ އައްޑޫގައި މުޒާހަރާކޮށްފި 02 ފެބްރުއަރީ، 2011
އައްޑޫގައި ސިޓީ ކައުންސިލެއްގެ ޝަރުތު ފުރިހަމަ ނުވާކަމަށް ސިވިލް ކޯޓުން އިއްޔެ ޙުމް ކުރައްވާފައިވާތީ އައްޑޫގައި ލޯކަލް ކައުންސިލް އިންތިޚާބު ދެން ބާއްވާނީ އިންތިޚާބު ބާއްވާނެ ކައުންސިލެއް ނުވަތަ ކައުންސިލްތަކެއް ޤާނުނީ ހަމަތަކުގެ މަތީން އުފެދުނީމާ ކަމަށް އިލެކްޝަން ކޮމިޝަނުން އިއުލާނުކުރެއްވުމުން އައްޑޫގެ ގިނަ ބައަކު ރޭ އައްޑޫގައި މުޒާހަރާކޮށްފިއެވެ.
މުޒާހަރާކުރި މީހުން ބުނަމުންގެންދިއައީ އެމީހުން ބޭނުންވަނީ އައްޑޫ ސިޓީ އުފެއްދުމަށް ކަމަށެވެ. އަދި ސިވިލް ކޯޓުން އިއްޔެ ކުރެވި ހުކުމަކީ އައްޑޫ ރައްޔިތުން ބަލައިގަންނަ ހުކުމެއް ނޫން ކަމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ.
އައްޑޫގައި ސިޓީ ކައުންސިލެއް ނޫނީ އުފައްދަން ބޭނުން ނޫންކަމަށް ބުނެ އައްޑޫގައި މުޒާހަރާކުރި މީހުން ބުނަމުންގެންދިއައީ އެކަމަކީ އައްޑޫ ރައްޔިތުންގެ އަޣުލަބިއްޔަތުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި ވޯޓުލީ އިރު އައްޑޫގައި ސިޓީ ކައުންސިލެއް އުފެއްދުމާ ދެކޮޅަށް ވޯޓުލީ މީހުންގެ ގިނަބައަކަށް ވެސް ސިޓީ ކައުންސިލެއް އުފެއްދުމުގެ ފައިދާ ވިސްނުމުން މިހާރު އެމީހުން ވެސް ބޭނުންވަނީ އައްޑޫ ސިޓީ އުފެއްދުމަށް ކަމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ.
މިއަދުނޫހަށް މައުލުމާތު ދެއްވަމުން ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ ރޭ މެންދަން ވުމުން މުޒާހަރާ ހުއްޓާލި ނަމަވެސް މިއަދު ވެސް މި މުޒާހަރާ އައްޑޫގައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިރޭ މާލޭގައި މުޒާހަރާ ކުރާނެކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.
No comments:
Post a Comment