މަސްދުވަހު ޤާނޫނަކާ ނުލާވެސް 2000ރ ގެ އެލަވަންސް ދީފައިވާނެ: އެންސްޕާ
ޕެންޝަނާއި ބެހޭ ޤާނުނު މަޖިލީހަށް ހުށައެޅިއިރު 65 އަހަރުން މަތީ މީހުނަށް ދޭންޖެހޭ އެލަވަންސް ގޮތުގައިވަނީ އެންމެ 500 ރުފިޔާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ޗެއަރމަން ޢިބްރާހިމް ވަހީދް ވިދާޅުވެއްޖެއެވެ.
ހެލްތް މިނިސްޓްރީ އިއްޔެ ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަހީދު ވިދާޅުވެފައިވަނީ މިއަދު ރައީސް ނަޝީދު ރަށްރަށަށް ކުރައްވަމުން ގެންދަވާ ތަރުރުފުޅުތަކުގައި ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ އުމުރުން ދުވަސް ވެފައިވާ މީހުނަށް ސަރުކާރުން ދެމުންގެންދަވާ ފައިސާގެ ވާހަކަ ދެއްކެވުމުން އެވާހަކައަށް ރައްދު ދެއްވުމަށްޓަކައި އިދިކޮޅުފަރާތްތަކުން ހަޤީގަތް އޮޅޭގޮތަށް ވާހަކަ ދައްކަވަމުން ގެންދަވާކަމަށެވެ.
އަދި އެ ފައިސާ އަކީ ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވާތީ ދެމުން ގެންދަވާ ފައިސާއެއްކަމަށް އިދިކޮޅުފަރާތް ތަކުން އެކި ޕޯޓިއަމް ތަކުގައި ދައްކަމުން ގެންދިޔަ ނަމަވެސް އޭގައިވާ ގިނަ ޙަޤީގަތް ރައްޔިތުންނަށް އޮޅުވާލާފައިވާކަމަށް އެނާ ވިދާޅުވިއެވެ.
ނަމަވެސް 65 އަހަރުން މަތީ މީހުންށް ދޭންފެށި ފައިސާ އަކީ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އެމަނިކުފާނުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދެއްކަމަށް އެނާ ވިދާޅުވިއެވެ.
މިފައިސާ ދެމުންގެންގޮސްފައިވާ ގޮތުގެ ތަފްސީލް ވިދާޅުވެ ދެއްވަމުން އެނާ ވިދާޅުވެފައިވަނީ ” ރައީސް ނަޝިދު 65 އަހަރުންމަތީ މީހަކަށް 2000 ރުފިޔާ ދެއްވާނެ ކަމަށް އިއުލާން ކުރައްވާ 2009 ވަނައަހަރުގެ ޖެނުއަރީ ފެށިގެން އެފައިސާ ދެމުން އައިސްފައިވާ ” ކަމަށެވެ.
އަދި ” އެފައިސާ އެގޮތަށް ދެމުންއައިސް 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހުންފެށިގެން ދެން އެފައިސާ ދެމުންއައީ ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ” ކަމަށް އެނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެނާ ވިދާޅުވި ގޮތުގައި ” ޤާނޫނުގެ ވާހަކަ ދެކެވެމުން ދާއިރު ޕެންޝަނާއިބެހޭ ޤާނޫނު މިދިޔަ ސަރުކާރުން ހުށައެޅިއިރު އޭގައި56 އަހަރުން މަތީ މީހުނަށް ދެވޭ ބޭސިކް އެލަވަންސެއްގެ ގޮތުގައި އޮތީ 500 ރުފިޔާ ” އެވެ.
ނަމަވެސް ” އެޤާނޫނަށް ރައްޔިތުން މަޖިލީހުގައި ބަހުސް ކުރެވެމުންދިޔައިރު ސަރުކާރުން އޭރުވެސް ގެންދެވީ ކޮންމެ މަހަކު 2000 ރުފިޔާ ދެމުންކަމުގައި ” އެނާ ފާހަގަ ކުރެއްވިއެވެ.
އަދި ސަރުކާރުން 2000 ރުފިޔާ ދެމުންދަނިކޮށް 500 އަށް އެ އެލަވަންސް ކުޑަނުކުރުމަށް ބައެއް މެންބަރުން ބުނެ އެފައިސާ 500 ރުފިޔާ 2000 ރުފިޔާއަށް ބަދަލު ކޮށްގެން މިސަރުކާރުން ދެމުންގެން ދަނީކަމުގައިވެސް އެނާ ވިދާޅުވިއެވެ.
އިދިކޮޅު ޑިއާރްޕީން ގިނަ މެންބަރުން ބުނަމުން ގެންދާނީ މިސަރުކާރުން ދެމުންދާ 2000 ރުފިޔާ ދެމުން ގެންދިޔަ ނަމަވެސް އެފައިސާއަކީ މިދިޔަ ސަރުކާރުން ނިންމަވާފައިވާ ކަމެއްކަމަށެވެ.
އިދިކޮޅު ޑިއާރްޕީން ގިނަ މެންބަރުން ބުނަމުން ގެންދާނީ މިސަރުކާރުން ދެމުންދާ 2000 ރުފިޔާ ދެމުން ގެންދިޔަ ނަމަވެސް އެފައިސާއަކީ މިދިޔަ ސަރުކާރުން ނިންމަވާފައިވާ ކަމެއްކަމަށެވެ.
އެހެން ނަމަވެސް މި ފައިސާގެ އިތުރުންވެސް މިސަރުކާރުން ގެންދަވާނީ ރާއްޖޭގައި ތިބި އެކަނިވެރި މައިންނަށާއި ނުކުޅެދޭ މީހުނަށް ފައިސާ ދެއްވަމުންނެވެ. އަދި މަދަނައިގެ ދަށުން ގިނަ އަދެއްގެ މީހުނަށް ސަރުކާރުން ބޭސްފަރުވާ ކޮށްދޭކަން ފާހަގަކޮށްލެވެއެވެ.
No comments:
Post a Comment