Wednesday, June 08, 2011

LATEST NEWS




އަޅުގަނޑު މިއުޅެނީ ވަކިމީހަކު ނަގާ އެންމެނަށް ދައްކާކަށް ނޫން: މައުމޫން
09 ޖޫން 2011


- "ތަބަކަކަށްލާފަ ކަމެއް މީހަކާ ހަވާލު ކުރީމަ ވާނެގޮތް މިހާރު މިއޮތީ ފެނިފަ"
- ރިޔާސީ އިންތިހާބުގައި ޑީއާރްޕީން ވާދަކުރާ ކެންޑިޑޭޓް ހޮވަން ޖެހޭނީ ޕްރައިމަރީއަކުން
- މިހާރު ޑިމޮކްރަސީއެއް ނެތް، ޑީއާރްޕީ ވެރިކަމަށް އައުމުން ޑިމޮކްރަސީ ދައްކާލާނ
 


އިންތިޚާބާއި ދިމާކޮށް ސަރުކާރުން ކުރާ ކަންތައްތައް އިސްލާހު ނުކޮށްފި ނަމަ މުޒާހަރާއަށް ދާންޖެހިދާނެ- ރޮޒެއިނާ 02 ފެބްރުއަރީ، 2011
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން ކުރާ ކަންތައްތަކުގައި ޑީއާރުޕީން ކަންބޮޑުވާ އެތައް ކަމެއް އެބަހުރި ކަމަށާއި، އެކަންތައްތައް އިސްލާހް ނުކޮށްފިނަމަ، މުޒާހަރާއަކަށް ދާންޖެހިދާނެ ކަމަށް އިދިކޮޅު ޑީއާރުޕީން ބުނެފި... އިތުރައް...!



ޕާޓީއެއްގެ ޒައީމެއްގެ މަގާމުގައި ހުންނަ މީހަކީ ސިޔާސީ ނޫން މީހެއްކަމަށް ވާނެގޮތެއް އަޅުގަނޑަކަށް ނުވިސްނޭ- މައުމޫން 2   ފެބްރުއަރީ، 2011

ސިޔާސީ ޕާޓީއެއްގެ ޒައީމަކީ ނުވަތަ އެޕާޓީއެއްގެ އެންމެއިސް މަގާމުގައި ހުންނަ މީހަކީ ސިޔާސީ ނޫންމީހެއްކަމަކަށް ވާނެގޮތެއް ވިސްނިވަޑައި ނުގަންނަވާކަމަށް  ޑީއާރުޕީގެ ޒައީމް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ... އިތުރައް...!



ދައުލަތުގެ މީޑިއާއެއް އޮންނަ ކަމުގައިވަނީނަމަ، ޤައުމިއްޔަތާއި ދައުލަތް ބިނާކުރުމަކީ، އެ މީޑިއާގެ އެއް ވާޖިބު: ރައީސް
02 ފެބްރުއަރީ، 2011

ދައުލަތުގެ މީޑިއާއެއް އޮންނަ ކަމުގައިވަނީނަމަ، ޤައުމިއްޔަތާއި ދައުލަތް ބިނާކުރުމަކީ، އެ މީޑިއާގެ އެއް ވާޖިބުކމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ... އިތުރައް...!






ޕެންޝަނާއި ބެހޭ ޤާނުނު މަޖިލީހަށް ހުށައެޅިއިރު 65 އަހަރުން މަތީ މީހުނަށް ދޭންޖެހޭ ބޭސިކް އެލަވަންސްގެ ގޮތުގައިވަނީ އެންމެ 500 ރުފިޔާ : އެންސްޕާ 02 ފެބްރުއަރީ، 2011

  • މަސްދުވަހު ޤާނޫނަކާ ނުލާވެސް 2000ރ ގެ އެލަވަންސް ދީފައިވާނެ: އެންސްޕާ
ޕެންޝަނާއި ބެހޭ ޤާނުނު މަޖިލީހަށް ހުށައެޅިއިރު 65 އަހަރުން މަތީ މީހުނަށް ދޭންޖެހޭ އެލަވަންސް ގޮތުގައިވަނީ އެންމެ 500 ރުފިޔާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ   ޗެއަރމަން ޢިބްރާހިމް ވަހީދް ވިދާޅުވެއްޖެ... އިތުރައް...!




މިޞުރުގައި ތިބި ކިޔަވާކުދިން މާދަމާ މާލެގެނެވޭތޯ ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ނަސީމް 02 ފެބްރުއަރީ، 2011
މިޞުރުގައި ކިޔަވަން ތިބި ރާއްޖޭގެ 107 ދަރިވަރުން މާދަމާގެ ނިޔަލަށް ރާއްޖެ ގެނެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުންގެންދާ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަޙްމަފު ނަސީމް ވިދާޅުވެއްޖެ... އިތުރައް...!




އައްޑޫ ރައްޔިތުން ބޭނުންވަނީ ސިޓީ ކައުންސިލެއް ކަމަށް ބުނެ އައްޑޫގައި މުޒާހަރާކޮށްފި 02 ފެބްރުއަރީ، 2011

އައްޑޫގައި ސިޓީ ކައުންސިލެއްގެ ޝަރުތު ފުރިހަމަ ނުވާކަމަށް ސިވިލް  ކޯޓުން އިއްޔެ ޙުމް ކުރައްވާފައިވާތީ އައްޑޫގައި ލޯކަލް ކައުންސިލް އިންތިޚާބު ދެން ބާއްވާނީ އިންތިޚާބު ބާއްވާނެ ކައުންސިލެއް ނުވަތަ ކައުންސިލްތަކެއް ޤާނުނީ ހަމަތަކުގެ މަތީން އުފެދުނީމާ ކަމަށް އިލެކްޝަން ކޮމިޝަނުން އިއުލާނުކުރެއްވުމުން އައްޑޫގެ ގިނަ ބައަކު ރޭ އައްޑޫގައި މުޒާހަރާކޮށްފި... އިތުރައް...!





"ރަޙްމަތްތެރިކަމާއި ޢަދާވާތްތެރިކަން ބޭއްވުމުގެ ދީނީ މިންގަނޑު" ގެ ނަމުގައި ސަލަފުން ދަރުސް ބާއްވައިފި 01  ފެބްރުއަރީ، 2011

"ރަޙްމަތްތެރިކަމާއި ޢަދާވާތްތެރިކަން ބޭއްވުމުގެ ދީނީ މިންގަނޑު" މި މަޢްޞޫގެ މައްޗަށް އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް ދެއްވި ދީނީ ދަރުސެއް ރެ އާއިި ކުރީ ރޭ ދަރުބާރުގޭގައި ބާއްވައިފި... އިތުރައް...!



އިސްލާމިކް ފައުންޑޭޝަނުން “ތައުހީދާއި ޝިރުކު” ގެ ނަމުގައި ވޯކް ޝޮޕެއް ބާއްވަނީ 01  ފެބްރުއަރީ، 2011

އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން “ތައުހީދާއި ޝިރުކުމިމައުޟޫއަށް ދެދުވަހުގެ ވޯކް ޝޮޕެއް (ނަދުވާ އިސްލާމިއްޔާ) ބާއްވަން ނިންމައިފި... އިތުރައް...!




ދެމެހެއްޓެނިވި ގޮތުގައި ރަށްރަށް ތަރައްޤީ ކުރެވޭނީ، ތަރައްޤީގައި ރައްޔިތުންގެ ބައިވެރިވުން ލިބިގެން: ރައީސް 01  ފެބްރުއަރީ، 2011

ދެމެހެއްޓެނިވި ގޮތުގައި ރާއްޖެއާއި ރާއްޖޭގެ ރަށްރަށް ތަރައްޤީ ކުރެވޭނީ، ތަރައްޤީގައި ރައްޔިތުންގެ ބައިވެރިވުން ލިބިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ... އިތުރައް...!






ދައުލަތުގެ މީޑިޔާ މިނިވަންކުރުމަށް ގޮވާލާ ޑީއާރުޕީގެ މެންބަރުން އެމްއެންބީސީ ކުރިމަތީ މުޒާހަރާކޮށްފި 01 ފެބްރުއަރީ، 2011

ދައުލަތުގެ މީޑިޔާ މިނިވަންކުރުމަށް ގޮވާލާ އިދިކޮޅު ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރ އިލްހާމް އަހުމަދާއި ޒުވާނުންގެ ގޮފީގެ ރައީސް އަހުމަދު މަހްލޫފްގެ އިތުރުން ޕާޓީގެ ކައުންސިލްގައި ހިމެނޭ ބައެއް ފަރާތްތަށް އިސްވެ ތިއްބަވައިގެން އެޕާޓީގެ ބައެއް މެންބަރުން ރޭ އެމްއެންބީސީ ކުރިމަތީ މުޒާހަރާކޮށްފި... އިތުރައް...!



މުބާރާތަށް އަންނަންދެންވެސް ލަވަކީ އާއިލާއަށްވެސް ވަގަށް ފިލާ އިނދެގެން- ޚާލިދު  01 ފެބްރުއަރީ، 2011
 
އެމްއެންބީސީން ގެނެސްދިން ވޮއިސްއޮފް މޯލްޑިވްސްގައި ބައިވެރިވުމާއި ހަމައަށްވެސް ލަވަކިޔަމުން ދިޔައީ އާއިލާއަށްވެސް ” ވަގަށް” ފިލާއިނދެގެންކަމަށް ޚާލިދު ބުނެފި... އިތުރައް...!
 


މިޞްރުގެ ރައްޔިތުންނަށްޓަކައި ހެޔޮދުޢާ ކޮށްދެއްވުމަށް ޝަހީމް ގޮވާލައިފި 31 ޖެނުއަރީ، 2011

މިޞްރުގެ ރައްޔިތުންނަށްޓަކައި ހެޔޮދުޢާ ކޮށްދެއްވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަދި އަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖްލިސްގެ މެންބަރު ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފި... އިތުރައް...!





"ރަޙްމަތްތެރިކަމާއި ޢަދާވާތްތެރިކަން ބޭއްވުމުގެ ދީނީ މިންގަނޑު" ގެ ނަމުގައި މިރޭ ވެސް ދަރުސް ބާއްވާނެ.31 ޖެނުއަރީ، 2011

 
"ރަޙްމަތްތެރިކަމާއި ޢަދާވާތްތެރިކަން ބޭއްވުމުގެ ދީނީ މިންގަނޑު" މި މަޢްޟޫގެ މައްޗަށް އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް ދެއްވާ ވަރަށް ޚާއްސަ ދަރުސެއް މި ރޭ 8:30 ގައިވެސް ދަރުބާރުގޭގައި ބާއްވާނެއެވެ. މި ދަރުސްވަނީ ކުރީ ރޭ ވެސް ބާއްވާފަ... އިތުރައް...!







އޯލެވެލް ނަތީޖާ 2010: ރާއްޖޭގެ 197 ދަރިވަރަކު ދުނިޔޭގެ އެއްވަނަ ހޯދައިފި 31 ޖެނުއަރީ 2011

އިސްލާމް މާއްދާ އިން ފާސް ނިސްބަތް 1.5 ޕަސެންޓް ދަށްވެފައި
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ 197 ދަރިވަރަކު ތަފާތު މާއްދާތަކުން ސައްތައިން ސައްތަ ހޯދައިގެން ދުނިޔޭގެ އެއްވަނަ ހޯދައިފި... އިތުރައް...!




ދައުލަތާއި އާޒިމާގެ މެޗްތައް ހުރިހާ މެޗެއްގެ ނަތީޖާ އެނބުރުނީ ބާ ބަންޑާރަ ނައިބުގެ ކޮޅަށް 31 ޖެނުއަރީ 2011
 
ކުރީގެ ސަރުކާރު ނިމުމާއެކު އެ ސަރުކާރުގެ ވަޒީރުންގެ ނަންތައް ފަނޑުވެއްޖެ އެވެ. ނަމަވެސް ރާއްޖޭގެ ފުރަތަމަ އަންހެން ބަންޑާރަ ނައިބު އަދި މަޝްހޫރު ޤާނޫނީ ވަކީލާ އައިޝަތު އާޒިމާގެ ނަން ހައްތާ ދަނީ ވިދަމުން... އިތުރައް...!





ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންގެ ރަސްމީ ވެބްސައިޓް ލޯންޗު ކޮށްފި 30/01/2011
 
ދިވެހިރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންގެ ރަސްމީ ވެބްސައިޓް ލޯންޗު ކޮށްފި... އިތުރައް...!





އަލްވަލާ ވަލްބަރާ” ދަރުސް މިރޭ އާއި މާދަމާ ރޭ30/01/2011  


" އަލްވަލާ ވަލްބަރާ" ދަރުސް މިރޭ  އާއި މާދަމާރޭ އޮންނާނެ
ކަމަށް ޖަމިއްޔަތުއް ސަލަފްއިން ހާމަކޮށްފި އިތުރައް...!





ތޫނު އެއްޗަކުން ހަމަލަދީ ދެމީހަކު ވަރައް ބޮޑަށް ޒަޙަމް ކޮށްލައިފި 30 ޖެނުއަރީ، 
2011

.

އަޅުގަނޑު މިއުޅެނީ ވަކިމީހަކު ނަގާ އެންމެނަށް ދައްކާކަށް ނޫން: މައުމޫން 09 ޖޫން  20    

 

 

 

 

  

 

 

 

 

ތަބަކަކަށްލާފަ ކަމެއް މީހަކާ ހަވާލު ކުރީމަ ވާނެގޮތް މިހާރު މިއޮތީ ފެނިފަ

 ރިޔާސީ އިންތިހާބުގައި ޑީއާރްޕީން ވާދަކުރާ ކެންޑިޑޭޓް ހޮވަން ޖެހޭނީ ޕްރައިމަރީއަކުން
  މިހާރު ޑިމޮކްރަސީއެއް ނެތް، ޑީއާރްޕީ ވެރިކަމަށް އައުމުން ޑިމޮކްރަސީ ދައްކާލާނެ

    ޑީއާރްޕީގެ އިސްލާހު ކުރަން ކުރިއަންގެންދަވާ އިސްލާހީ ހަރަކާތަކީ ވަކިމީހަކު ޕާޓީގެ ލީޑާޝިޕަށް ގެންނަން ކުރައްވާ މަސައްކަތެއް ނޫން ކަމަށް ޑީއާރްޕީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެޖެ އެވެ.

    ރައީސް މައުމޫންގެ ޒައާމަތުގައި ފެއްޓެވި އިސްލާހީ ހަރަކާތަށް ހަތް އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ އާޓިފިޝަލް ބީޗުގައި ޒެޑް ފެކްޝަނުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ޑީއާރްޕީ އިސްލާހު ކުރުމަށް ކުރިއަށް ގެންދާ ހަރަކާތަކީ ޑީއާރްޕީ ބައިބައި ކުރުމަށް ކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ޑީއާރްޕީ "ހަލާކު" ކުރުމަށް ކުރައްވާ ކަމެއް ވެސް ނޫން ކަމަށާއި އެއީ ޕާޓީ މެދުވެރިކޮށް އަމިއްލަ މަސްލަހަތު ހޯއްދަވަން ކުރާ ކަމެއް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

    ޑީއާރްޕީގެ ލީޑާޝިޕަށް އަބްދުﷲ ޔާމިން ގެނައުމަށް ކުރައްވާ ކަމެއް ކަމަށް ސިޔާސީ ބޭފުޅުން ތުހުމަތުކުރައްވާ ވާހަކަފުޅުތަކަށް ރައްދުދެއްވައި މައުމޫން ވިދާޅުވީ ޑީއާރްޕީ އިސްލާހު ކުރުމަށް ކުރާ މަސައްކަތަކީ ވަކި ބޭފުޅަކު ޑީއާރްޕީގެ ލީޑާޝިޕަށް ގެންނެވުމަށް ކުރައްވާ މަސައްކަތެއް ނޫން ކަމަށެވެ.

    ޕާޓީގެ ލީޑަރުކަމަށް އަހުމަދު ތަސްމީން އަލީ ގެންނެވުމަށް ކުރިން ދާއިދު ކުރެއްވި ނަމަވެސް އެކަން ދެ ވަނަ ފަހަރަށް ނުކުރައްވާނެ ކަމަށް އިޝާރާތްކުރައްވައި ޒައީމް މައުމޫން ވިދާޅުވީ ތަބަކަކަށްލާފަ ހަވާލު ކުރެއްވީމަ ވާނެގޮތް މިހާރު ފެންނަ އެބައޮތް ކަމަށެވެ.

    "އަޅުގަނޑު މިއުޅެނީ ޑީއާރްޕީ ބައިބައިކުރާކަށެއް ނޫން. އަޅުގަނޑު މިއުޅެނީ ޑީއާރްޕީ ހަލާކު ކުރާކަން ނޫން. އަޅުގަނޑު މިއުޅެނީ ޑީއާރްޕީ މެދުވެރިކޮށް އަޅުގަނޑުގެ އަމިއްލަ މަސްލަހަތުތަކެއް ހޯދާކަށެއް ނޫން. އަޅުގަނޑު މިއުޅެނީ ވަކިމީހަކު ނަގާ އެންމެނަށް ދައްކާކަށެއް ނޫން. ތަބަކަކަށްލާފަ ކަމެއް މީހަކާ ހަވާލު ކުރީމަ ވާނެގޮތް މިހާރު މިއޮތީ ފެނިފަ. ދެން އެކަމެއް އަޅުގަނޑު ކުރާކަށް ނެތިން،" ނުސީދާކޮށް ކުރިން ތަސްމީންގެ ލީޑާޝިޕަށް ރައްދުދެއްވި ނަމަވެސް، ފުރަތަމަ ފަހަރަށް ސީދާ ގޮތުން ތަސްމީނަށް ރައްދުދެއްވައި މައުމޫން މިރޭ ވިދާޅުވި އެވެ.

    އެމަނިކުފާނު އިތުރަށް ވިދާޅުވީ ޑީއާރްޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ކެނޑިޑޭޓަކު ވާދަކުރައްވަންޖެހޭނީ ޕްރައިމަރީއަކުން ހޮވައިގެން ކަމަށެވެ. އަދި ޕްރައިމަރީއަކުން ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަކީ ޑީއާރްޕީއަށް މަޖުބޫރު ވެފައިވާ ކަމެއް ކަމަށާއި އެކަމާ މެންބަރުން ކަންބޮޑުވަން ނުޖެހޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

    "އަޅުގަނޑުމެންގެ ތެރެއިން ރިޔާސީ އިންތިހާބަކާ ކުރިމަތިލާންޖެހޭނީ ޑީއާރްޕީގެ މެންބަރުން ބޭނުންފުޅުވާ މީހަކަށް. ޑީއާރްޕީގެ ޒައީމަކަށް ހުންނަ މީހަކު ބުނާ މީހެއް ނޫން. ޑީއާރްޕީގެ އާންމު މެންބަރުންގެ ވޯޓަކުން ހޮވޭ މީހަކު. އެހެން އިބާރާތަކުން ދަންނަވަންޏާ ޕްރައިމަރީއަކުން ހޮވޭ މީހަކު. އެކަމާ އަޅުގަނޑުމެން ބިރުގަންނަންވީ ސަބަބެއް ނެތް... އެއީ ޑީއާރްޕީއަށް މަޖުބޫރުވެފައިވާ ކަމެއް،" މައުމޫން ވިދާޅުވި އެވެ.

    ޑީއާރްޕީގެ ކައުންސިލުން މިހާރު ނިންމާ ނިންމުންތަކަށް ޕާޓީގެ އާންމު މެންބަރުން ތަބާވާން ނުޖެހޭނެ ކަމަށް އިޝާރާތް ކުރައްވާ މައުމޫން ވިދާޅުވީ ޕާޓީގެ ކައުންސިލާއި ލީޑަރު އަންގަވާ ގޮތަކަށް ޕާޓީ ހިންގަން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.

    "ޕާޓީގެ ސިޔާސަތު ކަނޑައަޅާނީ ޕާޓީގެ އާންމު މެންބަރުން. ޕާޓީގެ ސިޔާސަތު ކަނޑައަޅާނީ ޕާޓީގެ ލީޑާޝިޕަކުންނެއް ނޫން. ޕާޓީގެ ސިޔާސަތު ކަނޑައަޅާނީ ޕާޓީގެ ކައުންސިލަކުން ނޫން... އެއީކީ ވަކި ލީޑަރު އަންގަވާ ގޮތަކަށް ހިގަންވީ ޕާޓީއެއް ނޫން. ނުވަތަ ކައުންސިލަކުން ނިންމާ ގޮތަކަށް އެންމެން ކިޔަމަންވާންޖެހޭ ޕާޓީއެއް ނޫން،" ތަސްމީންގެ ފިކުރާ ތަފާތުވާ މެންބަރުންނާމެދު ކައުންސިލުން ފިޔަވަޅު އަޅަން ނިންމުމާއި ހުސްވެފައިވާ ޑެޕިއުޓީ ލީޑަރުކަމަށް މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު އައްޔަން ކުރެއްވި މައްސަލައަށް ފާޑުވިދާޅުވެ މައުމޫން މިރޭ ވިދާޅުވި އެވެ.

    އެމަނިކުފާނު މިރޭ ވާހަކަފުޅު ނިންމަވާލެއްވީ ޑީއާރްޕީ އިސްލާހު ކުރުމަށް ޒެޑް ފެކްޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތް ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އާންމު މެންބަރުނަށް ދެއްވަމުންނެވެ. އަދި ޕާޓީގެ އާންމު މެންބަރުން ސާބިތުކަމާއެކު ޑިއާރްޕީ ދޫނޮކޮށް ތިއްބެވުމަށް މައުމޫން އެދިވަޑައިގެންވި އެވެ.

    މިރޭގެ ޖަލްސާގައި މައުމޫން ވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ރައީސަކަށް ވެ ވަޑައިގަތުމަށާއި ހަމައެކަނި އެމްޑީޕީއަށް ތާއީދު ކުރައްވާ ބޭފުޅުންގެ ރައީސަކަށް ވެވަޑައި ނުގެންނެވުމަށް މައުމުން ގޮވާލެއްވި އެވެ.

    އެމްޑީޕިގެ ސަރުކާރު ވެރިކަން ކުރަންފެށި ފަހުން ވެސް ރާއްޖޭއަށް ޑިމޮކްރަސީ ގެނައުމަށް މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ވިދާޅުވެ، މައުމޫން ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީއެއް ނެތް ކަމަށެވެ. އަދި ނާސިރުގެ ދައުރުގައި ސިޔާސީ މީހުން ހައްޔަރު ކުރުމަށް ގެންގުޅޭ އުސޫލްތަކާއި މިއަދުގެ މުޖުތަމައުން ފެންނަމުންދާ ސިޔާސީ ގޮންޖެހުންނަކާ އެއްފަދަކޮށް އޭގެ މިސާލުތަކެއް ވެސް މައުމޫން ދެއްކެވި އެވެ.

    އެމަނިކުފާނު ވިދާޅުވީ ރާއްޖޭއަށް ޑިމޮކްރަސީއެއްގެނެވެނީ އިސްލާހީ މަސައްކަތް ކުރިއަށް ގެންދިއުމަށް ޑީއާރްޕީން ވެރިކަމަށް އައިސްގެން ކަމަށާއި "އޭރުން ޑިމޮކްރަސީއަކީ ކޯއްޗެއްކަން ވަރަށް ރަނގަޅަށް ދައްކާނެ" ކަމަށެވެ.
    ރައީސް މައުމޫންގެ ވެރިކަމުގައި ޖޫން 9، 2004 އަހަރު ފެއްޓެވި އިސްލާހީ ހަރަކާތަށް ހަތް އަހަރު ފުރުމުގެ މުސާސަބާގައި މިރޭ ބޭއްވި ޖަލްސާއަށް ޑިއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުނާއި ޕީއޭގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ އިތުރުން އެ ޕާޓިގެ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެނެވި އެވެ.

    Wednesday, February 02, 2011


    އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން ކުރާ ކަންތައްތަކުގައި ޑީއާރުޕީން ކަންބޮޑުވާ އެތައް ކަމެއް އެބަހުރި ކަމަށާއި، އެކަންތައްތައް އިސްލާހް ނުކޮށްފިނަމަ، މުޒާހަރާއަކަށް ދާންޖެހިދާނެ ކަމަށް އިދިކޮޅު ޑީއާރުޕީން ބުނެފިއެވެ.
    މިއަދު ނޫހަށް މައުލޫމާތުދެއްވަމުން  ޑީއާރުޕީގެ ކައުންސިލް މެންބަރ، އަދި ތުލުސްދޫ ދާއިރާގެ މެންބަރ ރޮޒެއިނާ އާދަމް ވިދާޅުވީ އިންތިޚާބާއި ދިމާކޮށް ސަރުކާރުންކުރާ ކަންތައްތަކުގައި ޑިއާރުޕީން ކަންބޮޑުވާ އެތައް މައްސަލަތަކެއް އެބަހުރި ކަމަށާއި، އެކަންތައްތައް ސަރުކާރުން އިސްލާހް ނުކޮށްފިނަމަ، މުޒާހަރާއަކަށް ދާން ޖެހިދާނެކަމަށެވެ.
    އަދި އިންތިޚާބުގެ އެންމެ ފަހު ދުވަހާއި ހަމަޔަށް އަންނަ އިރު  އެކަންތައްތައް އިސްލާހު ނުކޮށްފި ނަމަ ޑީއާރުޕީން އެހެން ގޮތަކަށް އަމަލް ކުރަންޖެހިދާނެ  ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.
    ގަން ބަލަހައްޓާ ޔުނިޓުގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ތެރެއިން  95 މީހަކު ވަޒީފާ އިން ވަކިކުރި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާ ރޮޒައިނާ  ވިދާޅުވީ ސަރުކާރުން މިއަދު އަމަލުކުރަމުން އަންނަ ގޮތުން ކުރިއަށް އޮތް  ކައުންސިލް އިންތިޚާބު ސަރުކާރު ހިންގާޕާޓީއަށް  ލިބިއްޖެ ނަމަ ރަށްރަށުގެ މުވައްޒަފުން  ވަޒީފާ އިން ވަކިކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ކުންފުނިތައް ޕްރައިވަޓައިޒް ކުރުމުގެ ނަމުގައި އެ ތަންތަނުގައި ތިބި  މުވައްޒަފުން ވަކިކޮށް، އެމްޑީޕީގެ މީހުންނަށް ވަޒީފާދެމުންދާ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.
    އެ ގޮތުން ގަން ބަލަހައްޓާ ޔުނިޓްގެ މުވައްޒަފުންތަކެއް ވަކިކޮށް އެ ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކުންފުންޏަކާ ހަވާލުކޮށް، ބޭނުން ބަޔަކަށް ވަޒީފާ ދެމުންދާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
    މީގެއިތުރުން ރޮޒެއިނާ ވިދާޅުވީ އިއްޔެރޭ އައްޑޫގައި އެކްސިޑެންޓެއްގައި އަނިޔާލިބުނު ދެމީހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔައިރު، އައްޑުގައި ހުރި ހޮސްޕިޓަލުން ފަރުވާ ދެވެންނެތިގެން އެމީހުން މާލެ ގެންނަންޖެހިފައިވާ ކަމަށެވެ. އެގޮތުން ސިއްހީގޮތުންވެސް އެކަށީގެންވާ ފެންވަރުގެ ޚިދުމަތެއް ލިބެންނެތް ތަނެއް، ސިޓީއަކަށް ހަދަން ސަރުކާރުން މަސައްކަތް ކުރާއިރު، އެހެން އަތޮޅުތަކުންވެސް ކުރަމުންދާ ޝަކުވާއަކީ އެސަރަހައްދަކުންވެސް އެކަށިގެންވާ ޚިދުމަތްތައް ރައްޔިތުންނަށް ލިބެންނެތް ކަމުގެ ޝަކުވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
    ގަން ބަލަހައްޓާ ޔުނިޓުގެ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރި މައްސަލައާއި ގުޅިގެން ހޯމް މިނިސްޓަރ ހަސަން އަފީފް ވިދާޅުވެފައި ވަނީ  ގަން ބަލަހައްޓާ ޔުނިޓުގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައިވަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަމަށް ބަޔަކު ތުހުމަތު ކުރިނަމަވެސް، އެ މުއްޒަފުން ވަޒީފާ އިން ވަކިކޮށްފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.


    ސިޔާސީ ޕާޓީއެއްގެ ޒައީމަކީ ނުވަތަ އެޕާޓީއެއްގެ އެންމެއިސް މަގާމުގައި ހުންނަ މީހަކީ ސިޔާސީ ނޫންމީހެއްކަމަކަށް ވާނެގޮތެއް ވިސްނިވަޑައި ނުގަންނަވާކަމަށް  ޑީއާރުޕީގެ ޒައީމް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
    ކައުންސިލް އިންތިޚާބުގައި ޑީއާރުޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށް ޑީއާރުޕީގެ ޝަރަފްވެރި ޒައީމްގެ ލަގަބު އަރުވާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހައްދުން މައްޗަށާއި، ހުވަދޫ އަތޮޅަށް ހުސްވި ހަފްތާގައި ކުރެއްވި ދަތުރުފުޅުގައި  ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ޒައީމަކީ ނުވަތަ އެޕާޓީއެއްގެ އެންމެ އިސްމަގާމުގައި ހުންނަ މީހަކީ ސިޔާސީ ނޫން މީހެއްކަމަށް ވާނެގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ.
    އަދި އެމަނިކުފާނު ޖަލްސާއެއްގައި ބައިވެރިވެ ވަޑައިނުގެންނެވި ނަމަވެސް، ނުވަތަ އެހެން ކަންތައްތައް ތަކެއްގައި މަސްއޫލުވެގެން އުޅުއްވި ނަމަވެސް އެމަނިކުފާނަކީ ހަމަ ސިޔާސީ ޕާޓީއެއްގެ ޒައީމް ކަމަށާއި، އެގޮތުން ސިޔާސީ ޕާޓީއަކުން ނުވަތަ ޑީއާރުޕީން ދުވަހަކުވެސް  ދުރައްވަޑައިގެންފައި ނުވާކަމަށް ޒައީމް މައުމޫން ވިދާޅުވިއެވެ.
    ސިޔާސީ ޕާޓީއެއްގެ ޒައީމަކީ ނުވަތަ އެޕާޓީއެއްގެ އެންމެއިސް މަގާމުގައި ހުންނަ މީހަކީ ސިޔާސީ ނޫންމީހެއްކަމަކަށް ވާނެގޮތެއް އަޅުގަނޑަކަށް ނުވިސްނޭ. އެހެންވީމާ އަދި އަޅުގަނޑު ޖަލްސާތަކެއްގައި ބައިވެރި ނުވިޔަސް އަދި އެހެން ކަންތައްތަކެއްގަ މަސްއޫލުވެގެން އުޅުނަކަސް އަޅުގަނޑަކީ ހަމަ ސިޔާސީ ޕާޓީއެއްގެ ޒައީމް. އެހެންވީމާ ސިޔާސީ ޕާޓީއަކުން މިޕާޓީގެ ނަމުން ދުވަހަކުވެސް ދުރަކަށް ޖެހިފައެއް ނުވޭ.” މައުމޫން ވިދާޅުވިއެވެ.
    އަންނަ ހޮނިހިރު ދުވަހު ރާއްޖޭގައި އިންތިޚާބުކުރެވޭ ކައުންސިލް ތަކަކީ ގާނޫނީ ގޮތުން ބާރުތަކެއް ލިބިގެންދާ ކައުންސިލް ތަކަކަށްވާއިރު، އެފަދަ ޒިންމާދާރު މަގާމަކަށް އައްޔަންކުރެވޭ ބަޔަކީ ވެސް އެކަންކުރެވޭ ވަރުގެ ގާބިލްކަމެއް ހުރި ހަމަޔާއި އިންސާފުން ކަންކުރެވޭވަރުގެ ބަޔަކަށް ވާންޖެހޭނެކަމަށެވެ.
    އަދި މިއަދު ގައުމުގައި ކަންތައްތައް ހިނގަމުންދާގޮތުން ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއް ނެތި  އެއް މިންގަނޑަކުން ކަންކުރުމުގެ މަގު ތަނަވަސްކޮށްދެވޭނީ ޑީއާރުޕީގެ ކެންޑިޑޭޓުން ކައުންސިލް ތަކަށް އިންތިޚާބުވެގެން ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
    އެމަނިކުފާނު ވިދާޅުވީ އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ ދިވެހިރާއްޖެއަށް އިތުރުކުރިއެރުމާއި، ތަރައްގީ ހޯދައިދޭންކަމަށާއި، ދިވެހިރައްޔިތުންނަށް އިތުރު ލާބައާއި މަންފާ ހޯދައިދޭންކަމަށާއި، އަދި ދިވެހިރައްޔިތުންނަށް އިތުރު ތަނަވަސްކަން ހޯދައިދީ، ރައްޔިތުންގެ ޖީބުތައް ބޮޑެތިކޮށްދޭން ކަމަށެވެ.
    މިއަދުނޫހަށް މައުލޫމާތު ދެއްވަމުން ޑީއާރުޕީގެ އިސް ވެރިއަކު ވިދާޅުވީ ޑީއާރުޕީގެ ޒަޢީމްގެ މަޤާމަކީ އެ ޕާޓީގެ އެންމެ އިސް ވެރިއާ، ނުވަތަ ރައީސްގެ މަޤާމުގައި އޮތް އޮތުން ވަނީ ކޮންގްރެސް އިން ބަދަލުކޮށް، އެ މަޤާމަކީ ޕާޓީގެ ލީޑަރުގެ މަޤާމު ކަމަށް ހަމަޖައްސާފައި ކަމަށެވެ. އަދި ކުރީގެ ރައީސް މައުމޫނަށް ޕާޓީގެ  ޒައީމް ކަން ޕާޓީން މިހާރު އަރުވާފައިވަނީ ހަމައެކަނި އޮނަރަރީ ޝަރަފެއްގެ ގޮތުގައި ކަމަށެވެ.
    މައުމޫނަކީ ޑީއާރުޕީގެ ބާނީ. އަދި ޕާޓީގެ ފުރަތަމަ ރައީސް. ޒަޢީމް އެއީ ޑީއާރުޕީގެ ރައީސަށް ފުރަތަމަ ކިޔުނު ނަން. މައުމޫނު ޕާޓީއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ޕާޓީން ވަޒަންކޮށް މަޤާމުން ވަކިވެވަޑައިގަތުމުން ވެސް ޒަޢީމް ކަމުގެ ޝަރަފު އެރުވީ. އެއީ ހަމައެކަނި ޝަރަފެއް. އެ ޝަރަފަކީ ސިޔާސީ މަޤާމެއްކަމަށް ވިސްނަވާނެ ކަމަކަށް ކުރިން ވިސްނިފައެއް ނެތް، ވިސްނިފައި އޮތީ އެ ޝަރަފު ބޭނުން ކުރައްވައިގެން ޚިދުމަތް ކުރައްވާނީ ޑީއާރުޕީއަށް ކަމަށް.” ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

    Dhiyamigili

    Dhiyamigili
    Kolhumadulu Atoll, letter code Thaa is an is an administrative division of the Maldives. It corresponds to the natural atoll of the same name. The ancient name of the island was Kolhumaduva during the time of King Koimala who united all atolls of the Maldives under one Kingdom for the first time.
    Dhiyamingili (Dhivehi: ދިޔަމިގިލި) is one of the inhabited islands of Thaa Atoll. Dhiyaminili's main economic projects are in carpentry, rope making, collecting shells, masonry and fishing.

    Dhiyamingili

    Island Summary
    Belongs to Thaa Atoll
    Location
    Area
    Population
    Female
    Male
    791
    405
    386
    Length 475m
    Width 310m
    Distance from Malé 205.38km
    Administrative Information
    2 Island Chief
    1 Council